ކެންސަރު ދަފްތަރަށް 111 މީހުން އިތުރުކޮށްފި

އަވަސް

3 ފެބްރުއަރީ 2026 | އަންގާރަ | 11:00

ކެންސަރު ބަލީގެ ދަފްތަރުގައި މިދިޔަ އަހަރު މުޅިން އަލަށް 111 މީހުން ރަޖިސްޓަރީ ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 1،106 މީހުން ކެންސަރުގެ ދަފްތަރުގައި ހިމަނާފައިވެ އެވެ. ދެހާސްވިހިވަނަ އަހަރު 137 ކޭސް ރިޕޯޓުކޮށްފައިވާއިރު ޖެހިގެން އައި 2021 ވަނަ އަހަރު މި އަދަދު ވަނީ 208 އަށް އިތުރުވެފަ އެވެ. މިއްމުދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކެންސަރުގެ އާ ކޭސްތައް ރެކޯޑު ކުރީ 2022 ވަނަ އަހަރު އެވެ. އެ އަހަރު މުޅިން އަލަށް 244 މީހަކަށް ކެންސަރު ބަލީގައި ފަރުވާ ދީފައިވެ އެވެ. ކެންސަރު ބަލީގެ އާ ކޭސްތައް އެންމެ މަދުން ފެނުނީ މިދިޔަ އަހަރު އެވެ. އެއީ އެ އަހަރު ރެކޯޑުކުރެވިފައިވަނީ ޖުމްލަ 111 ކޭސް އެވެ.

މައުޟޫޢުތަށް