ކ. ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް

އަވަސް

4 ފެބްރުއަރީ 2026 | ބުދަ | 7:35

ކ. ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން "ހެލްތް، ސޭފްޓީ އެންޑް ސެކިއުރިޓީ" ތަމްރީނު ޕްރޮގްރާމެއް ހިންގައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުންފުނިން އެންމެ ބޮޑު އިސްކަންދޭ އެއް ކަންތައް ކަމަށެވެ. މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމާއި، ސަލާމަތީ މިންގަނޑުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ އިތުރުން، ކުއްލި ހާލަތްތަކުގައި ހަރުދަނާ ފިޔަވަޅުތައް އަޅާނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި، އިތުބާރުހުރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.

މައުޟޫޢުތަށް