ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް ޗައިނާ
އަވަސް
4 ފެބްރުއަރީ 2026 | ބުދަ | 7:50
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް ޗައިނާ އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ޖެނުއަރީ މަސް ނިމުނުއިރު ޗައިނާ އޮތީ މާކެޓްގެ ތިން ވަނައިގަ އެވެ. އެ ގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް ޗައިނާއިން 22،676 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިމަހުގެ ފުރަތަމަ ދެ ދުވަހު ޗައިނާއިން ޒިޔާރަތްކުރި 3،432 ފަތުރުވެރިންނާއެކު އެ ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 26،108 އަށް އަރާފަ އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 242،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 10.8 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ.