ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ އިސްތިއުފާ ދެއްވައިފި
އަވަސް
4 ފެބްރުއަރީ 2026 | ބުދަ | 1:00
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ ހަލީމު އިސްތިއުފާ ދެއްވައިފި އެވެ.
ސުޖާތާ އިސްތިއުފާ ދެއްވީ ސަރުކާރުން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑުގައި އިންވެސްޓްކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމިތާ 24 ގަޑިއިރު ނުވަނީހެވެ. ސުޖާތާ އިސްތިއުފާ ދެއްވިއިރު ޕެންޝަން އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑުގައި އިންވެސްޓްކުރަނީ އެއްވެސް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. އެ ގޮތުން ޑުއަލް ކަރަންސީ އިން ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑުގައި އިންވެސްޓް ކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން އިއާޔަތްކުރި ކަންކަމުގެ ތެރޭގައި ޑުއަލް ކަރަންސީ ބޮންޑު ގަތުމަށް ފައިނޭންސް ކުރުމަށް ސެކަންޑަރީ މާކެޓުގައި ވިއްކާލަންޖެހޭ ބޮންޑުތައް ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ވިއްކާލުން ހިމެނޭ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.