ސީއެޗްއެސްއީގެ އެނެކްސް އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަވަސް

4 ފެބްރުއަރީ 2026 | ބުދަ | 3:55

މާލޭގެ ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ އެނެކްސް އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުލާމު ރުޝްދީ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 51.6 މިލިއަން ރުފިޔާ އަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ހަތް ފަންގިފިލާގެ އެނެކްސް އިމާރާތް ކުރަނީ މާލޭގައި މިހާރު ސީއެޗްއެސްއީ ހިންގާ ބިމުގެ ބިތްދޮށުގައި އޮތް ހުސް ޖާގައިގަ އެވެ. މި އިމާރާތުގައި 15 ކްލާސް ރޫމާއި ހަތަރު ސައިންސް ލެބް ހުރެ އެވެ. މީގެ އިތުރުން ސްޓާފް ރޫމަކާއި ލީޑިން ޓީޗާ ރޫމެއްގެ އިތުރުން އެޑްމިން އޮފީހެއްވެސް މި އިމާރާތުގައި ހުރެ އެވެ. މި އިމާރާތުގައި ޕާކިން ސަރަހައްދަކާއި ތިން ލިފްޓް ހުންނާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

މައުޟޫޢުތަށް