ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިފި
އަވަސް
4 ފެބްރުއަރީ 2026 | ބުދަ | 11:17
ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ މާލެ ސަރަހައްދުގައި ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި އެކްސިޑެންޓްގައި މީހަކަށް ބޮޑު އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް ދެ ލޯންޗަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އެކްސިޑެންޓް ހިނގި ސަބަބެއް އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.