ހައްޖާ ގުޅޭ ކަންކަން 100 ޕަސެންޓް ފުރިހަމަ ކުރި 8 ގައުމުގެ ތެރޭގައި ރާއްޖެ

އަވަސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 10:22

މިއަހަރުގެ ހައްޖާ ގުޅޭ ކަންކަން ސައުދީ އަރަބިއްޔާގައި އެންމެ ފުރަތަމަ 100 ޕަސެންޓް ފުރިހަމަ ކުރި 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހައްޖާއި ގުޅޭ ގޮތުން މައްކާއާ މަދީނާގައި ހުރުމުގެ ކަންތައްތަކާއި ހައްޖާ ގުޅިފައިވާ އެހެނިހެން ކަންކަން ރާއްޖެ އިން ފުރިހަމަކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ހައްޖުވެރިންގެ ލުއިފަސޭހައަށް ސައުދީ އަރަބިއްޔާއިން ތައާރަފުކޮށްފައިވާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދާއިމީ މެންބަރުކަން 8 ވަނައަށް ލިބުނު ގައުމަކަށް ރާއްޖެވެފައިވާ ކަމަށެވެ މީގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިޔަކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އެ ގޮތުން މިނާގައި ޒަމާނުއްސުރެ ދިވެހިން ތިބެމުން އައި ސީ ކެޓަގަރީން ބީ ކެޓަގަރީއަށް މަތިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު ފުރަތަމަ ފަހަރަށް އޭސީކޮށްފައިވާ ހައިސްޕީޑް ރޭލްތަކުގައި ކުރަން ފެށުމާއެކު 7 ގަޑިއިރުގެ ދަތުރު 2 ގަޑިއިރަށް ކުރުވެގެންދިޔަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް