މިސްކިތްތަކާއި ގުރުއާނާބެހޭ މަރުކަޒުގެ 90 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް

އަވަސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 11:54

މިސްކިތްތަކާއި ގުރުއާނާބެހޭ މަރުކަޒުގެ އިތުރުން ވަގުފު އިމާރާތް ހިމެނޭ ގޮތަށް 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތަކާއި 7 އިސްލާމީ މަރުކަޒާއި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 3 ގޮތްޕަކާއި 6 ވަޤުފު އިމާރާތާއެކު ޖުމުލަ 90 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ ތެރެއިން ދިއްދޫ އިސްލާމިކް ސެންޓަރާއި 10 ރަށެއްގެ މަސައްކަތް ނިންމާ ހުޅުވާފައިވާ ކަމަށާއި ރޯދަމަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިސްކިތްތައް މަރާމާރު ކުރުމަށް މިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ހޭދަ ކުރި ކަމަށާއި މި އަހަރު މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މި އަހަރު އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި މީގެ ތެރެއިން 3 މަރުކަޒުގެ މަސައްކަތްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް