11،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި

އަވަސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:16

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 11،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނޮވެމްބަރު 17، 2023 އިން ފެށިގެން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 11،496 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި 2018 އިން 2023 އާ ދެމެދު ފޮނުވާލާފައިވަނީ އެންމެ 2،649 ބިދޭސީންނެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެށި "ކުރަނގި އޮޕަރޭޝަން" ގައި މިހާތަނަށް 205701 ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ބައޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ބައޯމެޓްރިކްސް ނުދީ އަދި ވޯކްޕާމިޓް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެ ނަމަ ވަގުތުން ފޮނުވާލާނެ ކަމަށާއި މި ގޮތުން ނޮވެމްބަރު 17، 2025 އިން ފެށިގެން ޖެނުއަރީ 31، 2026 ގެ ނިޔަލަށް ގަވާއިދާ ހިލާފަށް ބައޯމެޓްރިކްސް ނުދީ އުޅުނު 228 ބިދޭސީން ފޮނުވާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް