ފަތުރުވެރިކަމުގެ އަމާޒު 2.5 މިލިއަން

އަވަސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 12:31

މި އަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް 11.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދުން ކަމަށެވެ. ރައީސް ވިދާޅުވީ މިދިޔަ އަހަރު ފަތުރުވެރިކަމުން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަތުރުވެރިކަމުން ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި މި އަހަރު 5.6 ބިލިއަން ޑޮލަރު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކުރާ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އަހަރުގެ ގޮތުގައި ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

މައުޟޫޢުތަށް