އަނބިމީހާ/ފިރިމީހާގެ ގޯތި އޮތަސް ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހަދަނީ

އަވަސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 1:36

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯއްޗެއް އޮތް ނަމަވެސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް ވަކި ކެޓެގަރީއެއްގެ ދަށުން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު ހުޅުވާލި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ ޖޮއިންޓްކޮށް ގޯތި ލިބުނު ކޮންމެ މީހަކަށް ވަކި ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓަގަރީއެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް