ބޭހުގެ ދަތިކަމަށް މި އަހަރު ދާއިމީ ހައްލެއް

އަވަސް

5 ފެބްރުއަރީ 2026 | ބުރާސްފަތި | 1:20

ބޭސް ލިބުމުގައި ހުރި ދަތިތަކަށް މި އަހަރުގެ ތެރޭގައި ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ކަށަވަރު ކުރުމަށް ސަރުކާރުން އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުން މިހާރު ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ތެރެއިން މިވަގުތު ލިބެން ނެތް ކްރިޓިކަލް ބޭސްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފަ ކަމަށެވެ. "އިރާދަކުރެއްވިއްޔާ މި އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން މި ބޭސްތައް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޒިންމާދާރުކަމާއެކު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އިން ސަރަހައްދީ އަދި ބައިނަަލްއަގުވާމީ ފަރާތްތަކާއކެު މަސައްކަތް ފަށާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް މި އަހަރު ކަށަވަރުކޮށް ދެއްވާނެ ކަމަށެވެ.

މައުޟޫޢުތަށް