މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް އެލާޓް ނެރެފި
އަވަސް
6 ފެބްރުއަރީ 2026 | ހުކުރު | 6:54
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އަދި އދ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 6:00 އިން މެންދުރު 12:00 އަށެވެ. މި ސަރަހައްދަށް ވައިޓް އެލާޓް ނެރުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ. މީގެ އިތުރުން އދ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ އެވެ. މި ސަރަހައްދަށް އެލާޓް ނެރުނީ މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އަށެވެ.