އާދިއްތަ ދުވަހުން ފެށިގެން ކުނި ނަގާ ވަގުތުތައް ބަދަލެއް
އަވަސް
7 ފެބްރުއަރީ 2026 | ހޮނިހިރު | 12:51
އާދިއްތަ ދުވަހުން ފެށިގެން ރޯދަ މަހާއި ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން މާލެ ސަރަހައްދުގައި ކުނި ނަގާ ވަގުތުތައް ވެމްކޯ އިން ބަދަލު ގެނެސްފި އެވެ.
ވެމްކޯ އިން ބުނި ގޮތުގައި މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭގެ ގޭބީސީތަކުން ކުނި ނަގާނީ ރޭގަނޑު 8:30 އިން ދަންވަރު 2:00 އާ ދެމެދު އެވެ. ހުޅުމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:00 އިން ދަންވަރު 2:30 އާ ދެމެދު އެވެ. ވިލިމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އާ ދެމެދު ކަމަށްވެސް ވެމްކޯ އިން ބުނެފައިވެ އެވެ. ރޯދަމަހާ ދިމާކޮށް މީގެ ކުރިންވެސް ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެސްފައިވެ އެވެ.