އީރާނާއެކު ވިޔަފާރިކުރާނަމަ އިތުރު ޓެރިފެއް
އަވަސް
7 ފެބްރުއަރީ 2026 | ހޮނިހިރު | 7:13
އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކުން އިތުރު ޓެރިފް ނެގުމުގެ އަމުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައިފި އެވެ.
މި އަމުރުގައި އީރާނާ ގުޅުން ބާއްވާ ގައުމުތަކުގެ މުދަލާއި ހިދުމަތްތަކުން ސީދާ ނުވަތަ ނުސީދާ ޓެރިފް ނެގޭނެ ކަމަށް ބުނެފައިވެ އެވެ. ޓެރިފް ނެގުމުގެ އަމުރުގައި ޓްރަމްޕް ސޮއިކުރެއްވީ އެމެރިކާ އާއި އީރާނުގެ އިސް އޮފިޝަލުންގެ މަޝްވަރާ އޮމާންގައި ކުރިއަށް ދަނިކޮށެވެ. މި ޓެރިފް ނަގާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ މިއަހަރުގެ ކުރީކޮޅު ދެއްވާފަ އެވެ. އެގޮތުން 25 ޕަސެންޓް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ޓެރިފް ނަގާނެ ގޮތުގެ ތަފުސީލެއް އަދި ނޭނގެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އީރާނުން މިހާތަނަށް ވާހަކަ ދައްކާފައިނުވެ އެވެ.