ވިޒިޓް މޯލްޑިވްސް އިޔާގެ ބްރޭންޑިން މަސައްކަތް ފަށައިފި

އަވަސް

7 ފެބްރުއަރީ 2026 | ހޮނިހިރު | 3:01

އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާގެ ގޮތުގައި ފާހަގަކުރުމުގެ ބްރޭންޑިން މަސައްކަތް ފަށައިފި އެވެ.

ވިޒިޓް މޯލްޑިވްސް އިޔާ ސަރުކާރުން ފާހަގަ ކުރަނީ ރާއްޖޭގެ ފަތުރުވެރި ކަމަށް 55 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ގޮތުން 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ވިޒިޓް މޯލްޑިވްސް އިޔާ ފާހަގަކުރުމަށް ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ މަސައްކަތް ވަނީ ފަށާފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އިތުރު މި ކޮމިޓީގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި މަޓީ އާއި މަޓާޓޯ އަދި ބޯޓިން އެސޯސިއޭޝަން ހިމެނެ އެވެ.

މައުޟޫޢުތަށް