ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފި

އަވަސް

8 ފެބްރުއަރީ 2026 | އާދިއްތަ | 6:58

ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ އަބްދުލްރައޫފު އިބްރާހީމް އާއި އިސްމާޢީލް ޝަފީއު އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ އަހުމަދު ނިޔާޒު އެވެ. ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އަބްދުލްރައޫފު އިބްރާހީމް ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފަ އެވެ. ޝަރުއީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ، އަބްދުލްރައޫފު އިބްރާހީމް ވަނީ މާޗް 26، 2011 އިން މޭ 31، 2022 އަށް ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ. އިސްމާޢީއީލް ޝަފީއު ވަނީ އިނގިރޭސި ވިލާތުގެ ކާޑިފް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވާފަ އެވެ. ޝަރުއީ ދާއިރާގައި ހަތް އަހަރަށްވުރެ ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ އިސްމާއީލް ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގަ އެވެ. އަހުމަދު ނިޔާޒު ވަނީ ވިލާ ކޮލެޖް އިން ބެޗްލާ އޮފް ލޯ (އޮނާސް) ޙާސިލްކުރައްވާފަ އެވެ. ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ނިޔާޒު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނު އިރު ހުންނެވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމުގަ އެވެ.

މައުޟޫޢުތަށް