އައްޑޫއަށް އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ

އަވަސް

8 ފެބްރުއަރީ 2026 | އާދިއްތަ | 7:25

އައްޑޫއަށް މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ އަތުވެއްޖެ އެވެ.

ސީޝެލްސް އިން އައްޑޫ ހިތަދޫއަށް އައިސްފައިވަނީ އެމްއެސް އައިލެންޑް ސްކައި ނަމަކަށް ކިޔާ ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައިނާ އިން 84 ފަސިންޖަރުންނާއި 81 ފަޅުވެރިން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ. އިމިގްރޭޝަނުން ވަނީ މި އެންމެންނަށް ކްލިއަރެންސް ދީފަ އެވެ. މި ކްރޫޒްލައިނާއިން އައިސްފައި ވަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ. މިއީ މިއަހަރު ރާއްޖެ އައި ތިން ވަނަ ކްރޫޒްލައިނާއެވެ. މީގެކުރިން އައި ދެ ކްރޫޒްލައިނާ އައީ މާލެއަށެވެ.

މައުޟޫޢުތަށް