ބާޒާރުމަތީ ސަރަހައްދުގައި ތާރު އަޅަން ތައްޔާރުވެއްޖެ

އަވަސް

8 ފެބްރުއަރީ 2026 | އާދިއްތަ | 8:44

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ބާޒާރުމަތީ ސަރަހައްދުގައި ތާރު އަޅަން ތައްޔާރުވެއްޖެ އެވެ.

މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އޭބީސީ ފަށަލަ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާތެރޭ ފަށާނެ ކަމަށެވެ. މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލް ކުރުމާއި ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން މަގު ހަދާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ޖުމްލަ 1،088 މީޓަރުގެ ސަރަހައްދެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާ އަށެވެ.

މައުޟޫޢުތަށް