ގޮމާފުޅުގެ ސޯޝަލް މީޑިއާ ޕޭޖު ޝެއާކޮށްލައިގެން އަގުހުރި އިނާމުތަކެއް
އަވަސް
8 ފެބްރުއަރީ 2026 | އާދިއްތަ | 9:00
ގޮމާފުޅު - ހޮޅުއަށި ފޭސްބުކް ޕޭޖާއި އިންސްޓަގްރާމަށް ފޮލޯކޮށް، ޝެއާކޮށްލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ރަނުގެ ފުރުސަތު އެ ފިހާރައިން ހުޅުވާލައިފި އެވެ.
ގޮމާފުޅު ފިހާރައިން ބުނީ އެ ފިހާރައިގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމަށް ފޮލޯކޮށް 10 މީހުންނަށް ޝެއާކުރުމުން ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށާއި މި ލަކީޑްރޯގެ ނަސީބުވެރިއަކަށް 3،000 ރުފިޔާގެ ކޫޕަނެއް ލިބޭނެ ކަމަށެވެ. "ނަސީބުވެރިޔާއަށް ލިބޭ 3،000 ރުފިޔާގެ ކޫޕަން ގޮމާފުޅުގެ ކޮންމެ އައުޓްލެޓެއްގައިވެސް ބޭނުންކުރެވޭނެ،" ގޮމާފުޅު ފިހާރައިން ބުންޏެވެ.
މި ލަކީޑްރޯ މާޗް 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ގޮމާފުޅު ފިހާރައިން ދަނީ ރޯދަ ޕްރޮމޯޝަނެއްވެސް މިހާރު ކުރިއަށް ގެންދަމުންނެވެ. ގޮމާފުޅު ފިހާރައިން ދަނީ ކޮލިޓީ ރަނގަޅު ބެޑިން އައިޓަމްސް އާއި އެކި ވައްތަރުގެ ބާލީހާއި ކުއިލްޓްސް އަދި ބޮލްސްޓާ ވިއްކަމުންނެވެ.