ހިތަދޫގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރަން ސޮއިކޮށްފި

އަވަސް

8 ފެބްރުއަރީ 2026 | އާދިއްތަ | 11:39

ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބަހައްޓާ ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އައްޑޫ ހައި ސްކޫލްގައި އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި އިކޮނިމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުގައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ރިޝްވާނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމުކުރުމަކީ ރައީސްގެ ތަސައްވުރުގެ ދަށުން އައްޑޫއަކީ ވިޔަފާރި ހަބަކަށް ހެދުމަށް ކުރައްވާ މަސައްކަތައް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ޕޯޓް އޮތް ނަމަވެސް މި ދެ ޕޯޓަކީ ސެޓެލައިޓް ޕޯޓުގެ ގޮތުގައި އޮވެގެން ވިޔަފާރި ނުއުފެދޭނެ ކަމަށާއި ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭގޮތަށް ކަންތައްތަކެއް ކޮށްގެންކަމަށް ސައީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް