"ވެލާނާ އެވޯޑްސް" ގެ ނަމުގައި އެވޯޑެއް

އަވަސް

8 ފެބްރުއަރީ 2026 | އާދިއްތަ | 6:06

ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށް "ވެލާނާ އެވޯޑްސް" ގެ ނަމުގައި އެވޯޑެއް ތައާރަފުކޮށްފި އެވެ.

މިއީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ދެވޭ އެވޯޑެއް ކަމަށް ވީއައިއޭ އިން ވަނީ ބުނެފަ އެވެ. މިގޮތުން ތިން ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ޕަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސް ހިމެނެ އެވެ. މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އެވެ.

މައުޟޫޢުތަށް