ޓޫރިޒަމް މާކެޓްގެ އެއްވަނައަށް ޗައިނާ

އަވަސް

8 ފެބްރުއަރީ 2026 | އާދިއްތަ | 7:09

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައަށް ޗައިނާ އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 285،127 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 35،123 ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ. ޗައިނާއަކީ މިދިޔަ 2025 ވަނަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.3 ޕަސެންޓް އިތުރުވެފަ އެވެ.

މައުޟޫޢުތަށް