ފަތުރުވެރިންގެ އަދަދު 5.3 ޕަސެންޓް އިތުރުވެއްޖެ

އަވަސް

9 ފެބްރުއަރީ 2026 | ހޯމަ | 8:37

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.3 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 285،127 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 270،706 ފަތުރުވެރިންނަށްވުރެ 5.3 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިންގެ ތެރެއިން 281,591 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 945 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 941 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 779 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 558 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 312 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މައުޟޫޢުތަށް