ގްރޭޓާ ބޭ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް
އަވަސް
9 ފެބްރުއަރީ 2026 | ހޯމަ | 9:51
ގްރޭޓާ ބޭ އެއާލައިންގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
ހޮންގް ކޮންގުން ރާއްޖެއަށް ކުރާ މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ މަރުހަބާ ކިޔާފަ އެވެ. މި ދަތުރުތައް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ކޮންމެ ދުވަހަކު އެއް ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ގްރޭޓާ ބޭ އެއާލައިނުން 24 މަންޒިލަކަށް ދަތުރުކުރެ އެވެ. ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 285،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 35،000 އަށްވުރެ ގިނަ ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.