ޕެޓްސް މުބާރާތުގައި ބައިވެރިވި ދިވެހި ސިފައިން ރަން މެޑަލް ހާސިލުކޮށްފި
އަވަސް
9 ފެބްރުއަރީ 2026 | ހޯމަ | 2:37
ޕާކިސްތާނުގައި ބޭއްވި ނުވަވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން"ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި އެވެ.
މިމަހުގެ 5 އިން 7 އަށް ޕާކިސްތާންގެ ނެޝަނަަލް ކައުންޓަ ޓެރެރިޒަމް ސެންޓަރ -- ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާ އިން 24 ޓީމެއް ބައިވެރިވި އެވެ. މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ. ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުހައްމަދު ނީވީން އަދި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ކާނަލް މުހައްމަދު ނާޒިމެވެ. ޕާކިސްތާން އަސްކަރިއްޔާ އިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ގާބިލްކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.