ކެފޭ އާއި ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި
އަވަސް
9 ފެބްރުއަރީ 2026 | ހޯމަ | 6:32
ރޯދަ މަހު ފިހާރަތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މާދަމާ އިން ފެށިގެން ރޯދަ މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އެވެ. ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވޭނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު އެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހެވެ.