ކުނި އަޅާ މީހުންނަށް ފިޔަވަޅު އަޅާނަން: އެފްޑީސީ
އަވަސް
10 ފެބްރުއަރީ 2026 | އަންގާރަ | 7:25
ފަހި ދިރިއުޅުން ފްލެޓް ކައިރިއަށް ކުނި އަޅާ މީހުންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ފަހި ދިރިއުޅުން ފްލެޓަށް މީހުން ބަދަލުވަމުންދާއިރު އުފެދޭ ކުނިތައް ފްލެޓް ކައިރި ތިރީގައި ބެހެއްޓުމުން ގިނަ ބަޔަކަށް ދަނީ އުނދަގޫވަމުންނެވެ. ހަމްދާން ވިދާޅުވީ އެ ސަރަހައްދު ސާފުކުރި ނަމަވެސް އަނެއްކާވެސް އެތަނަށް ކުނި އަޅާ ކަމަށެވެ. ދިރިއުޅޭ މާހައުލަށް ކުނިއެޅުމަކީ އެކިއެކި ބަލިތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށާއި މިއީ ދީނާއި ސަޤާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް ކަމަށް ހަމްދާން ވިދާޅުވި އެވެ. "އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ހިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަން،" ހަމްދާން ވިދާޅުވި އެވެ. ހަމްދާން ވަނީ ގަވާއިދާ އެއްގޮތަށް ބަލްކް ވޭސްޓް ނައްތައިލަމުންދާ މީހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.