ސާބިއާ އާއި މޯލްޓާއަށް ނޮން-ރެސިޑެންޓް ސަފީރެއް
އަވަސް
10 ފެބްރުއަރީ 2026 | އަންގާރަ | 9:51
ރާއްޖެއިން ސާބިއާ އާއި މޯލްޓާއަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މި ދެ ގައުމަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ ހ. މިސްޓީލޮޖް، އާމިނަތު ޝަބީނާގެ ނަމެވެ. ޝަބީނާ ވަނީ މީގެ ކުރިން ބައެއް ގައުމުތަކުގެ ސަފީރުގެ މަގާމު އަދާކުރައްވާފަ އެވެ. އެ ގޮތުން ޖެނީވާގެ ސަފީރުގެ މަގާމާއި އިޓަލީ، ތުރުކީ އަދި އޮސްޓްރިއާގެ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު އަދާކުރެއްވި އެވެ. ޝަބީނާގެ ނަން ދިރާސާކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.