ބާޒާރުމަތީ ސަރަހައްދުގައި ތާރު އަޅަން ފަށައިފި

އަވަސް

11 ފެބްރުއަރީ 2026 | ބުދަ | 8:03

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ބާޒާރުމަތީ ސަރަހައްދުގައި ތާރު އަޅަން ފަށައިފި އެވެ.

މަގު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ މަގު ތަރައްގީކުރަނީ ހިނގާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް ކަމަށާއި މަގު ފުޅާކުރުމުން ޓްރެފިކް ތޮއްޖެހުމަށް ލުއި ލިބިގެންދާނެ ކަމަށެވެ. މަގު ތަރައްގީކޮށްފައިވަނީ އާ ސްޓޯމްވޯޓާ ޑްރެއިނޭޖް ސިސްޓަމާއެކު ކަމަށާއި މީގެ ސަބަބުން ބޯ ވިއްސާރައިގައި މަގުމަތީގައި ފެން ބޮޑުވުން ކުޑަވާނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން މަގު ހަދާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ޖުމްލަ 1،088 މީޓަރުގެ ސަރަހައްދެވެ. ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާ އަށެވެ.

މައުޟޫޢުތަށް