ފަތުރުވެރިންގެ އަދަދު 300،000އަށް

އަވަސް

11 ފެބްރުއަރީ 2026 | ބުދަ | 8:14

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 300،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 303،488 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 288،798 ފަތުރުވެރިންނަށްވުރެ 5.1 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިންގެ ތެރެއިން 299,764 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 1,012 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 962 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 835 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 591 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 325 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މައުޟޫޢުތަށް