މާރާމާރީ ހިންގި ބިދޭސީންގެ ބަންދު މުއްދަތު އިތުރުކޮށްފި
އަވަސް
11 ފެބްރުއަރީ 2026 | ބުދަ | 10:07
މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީންތަކެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސައިއްތަ ޚާން (21އ) އާއި މޫމިމް މިއާ (35އ) އާއި މުހައްމަދު ހަސަން މިއާ (33އ) އަދި ސޮރިފް މިއަހް (35އ) އެވެ. އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަހުގެ މުއްދަތެއްދީފަ އެވެ. މީގެ ކުރިން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެ މީހުންގެ ބަންދަށް 10 ދުވަސް އަދި މިމަހުގެ ތިން ވަނަ ދުވަހު އެ މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ދީފައިވެ އެވެ. މި ހަތަރު މީހުންނަކީ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބައެއް ކަމަށާއި މާރާމާރީގައި އެކިވަރުގެ އަނިޔާ ލިބުނުއިރު މިކަމުގައި ހަ މީހަކު ބައިވެރިވާ ކަމަށް އައިއޯ ވަނީ ފާހަގަކޮށްފަ އެވެ.