ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ

އަވަސް

11 ފެބްރުއަރީ 2026 | ބުދަ | 1:26

ރާއްޖެއިން ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ މިއަދު ވަނީ އިއްވާ އެވެ. އެ ގޮތުން ކިއުބާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރަން ހުށަހެޅުއްވީ އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލްޣަފޫރު މުހައްމަދު އެވެ. ބްރެޒިލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުގެ ނަމެވެ. މެކްސިކޯއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝިރުޒިމަރު ސަމީރުގެ ނަން ހުށަހެޅުއްވިއިރު އޮމާންގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރަން ހުށަހެޅުއްވީ އަހުމަދު ސަރީރުގެ ނަމެވެ. މީގެ އިތުރުން އަރްމީނިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފުގެ ނަމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބޭފުޅުންގެ ނަންތައް ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

މައުޟޫޢުތަށް