ރާއްޖެއާއި އީޔޫއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

އަވަސް

11 ފެބްރުއަރީ 2026 | ބުދަ | 7:00

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ދެމެދު ފުރަތަމަ "ޕާޓްނަޝިޕް ޑައިލޮގް" ބާއްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުންތައް ބާއްވާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ. ފޮރިން މިނިސްޓްރީން ބުނީ މިއީ ޖުލައި 1، 2024 ގައި ރާއްޖެއިން :ސަމޯއާ އެއްބަސްވުން" ފާސްކުރުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން ރަސްމީ ސިފައެއްގައި ބަދަލުވެގެން ދިޔަ ދިއުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ޑައިލޮގަކީ ރާއްޖެއާއި އީޔޫގެ ގުޅުމުގައި ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ. މި ޑައިލޮގުގައި ދިވެހިރާއްޖެއާއި އީޔޫއާ ދެމެދު ދާދިފަހުން ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ދާއިރާއިން އައިސްފައިވާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ. އިޤްތިސާދީ އަދި ވިޔަފާރީގެ މަޝްވަރާތަކުގައި ދެ ފަރާތުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމާއި، އީޔޫގެ ބާޒާރުތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މި ޑައިލޮގުގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް