އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި 95 ބިދޭސީން ބަލައިފާސްކޮށްފި

އަވަސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 10:00

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 95 ބިދޭސީން ބަލައިފާސްކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި އިއްޔެ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 10 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު މިހާތަނަށް 11،000 އަށް ވުރެ ގިނަ ބިދޭސީން މިވެރިކަމުގައި ޑީޕޯޓްކޮށްފައިވެ އެވެ.

މައުޟޫޢުތަށް