މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

އަވަސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 2:08

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިމަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހުގެ ދެވަނަ ދުވަހު މަރުވީ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ) އާއި ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) އެވެ. ފުލުހުން މިއަދު ބުނި ގޮތުގައި ޕޯސްޓްމޯޓަމަށް އެ ދެ މީހުންގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ އިއްޔެ އެވެ. އިބްރާހިމް މަރުވީ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފުތާއެއް ފަހުން ނިއުމޯނިއާ ޖެހިގެން މިމަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:05 ހާއިރު އެވެ. ކަރެކްޝަންސް އިން ބުނި ގޮތުގައި އޭނާއަކީ މިދިޔަ އަހަރު ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެކެވެ. ޙަސަން ނިޔާޒް މަރުވީ މި މަހުގެ ދެވަނަ ދުވަހު މެންދުރު ކުއްލި މެޑިކަލް އިމަޖެންސީއެއް ދިމާވެ ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މެންދުރު 2:05 ހާއިރު އެވެ.

މައުޟޫޢުތަށް