ރަސްމާލެ ސައިޓް އޭ އިން 116 ހެކްޓަރު ހިއްކައިފި
އަވަސް
12 ފެބްރުއަރީ 2026 | ބުރާސްފަތި | 2:19
ރަސްމާލެ ސައިޓް އޭ އިން 116 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަސްމާލެ ސައިޓް އޭ ގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 2025 ގަ އެވެ. ސައިޓް އޭ އިން 138 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 116 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. މިއީ މަޝްރޫއުގެ 84 ޕަސެންޓެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ރަސްމާލެ ހިއްކަން ފަށާފައިވަނީ ޑިސެމްބަރު 18، 2023ގަ އެވެ. ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.