މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކުރަނީ

އަވަސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 5:53

މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް -- ކޮންސްޓްރަކްޝަން ފޭސް ޕެކޭޖު 01ގެ އެއްބަސްވުމުގައި ޓޯޔޯ ކޮންސްޓްރަކްޝަން ކުންފުންޏާއެކު މިމަހުގެ 10 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތަޢާމް މުހައްމަދު އެވެ.

ޓޯޔޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަން އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި 700 މިލިއަން ޖަޕަނީޒް ޔެންގެ މި މަޝްރޫއުގެ ކޮންޓްރެކްޓްގެ މުއްދަތަކީ 487 ދުވަހެވެ. މި މަޝްރޫއުގެ ކޮންސަލްޓަންޓަކީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކުންފުންޏެވެ.

މައުޟޫޢުތަށް