މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް

އަވަސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 6:04

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ފަށައިފި އެވެ.

ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި އައިލަންޑު އޭވިއޭޝަންގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށަށް އެކި ބޭނުންތަކުގައި ކަނޑުމަގުން ދަތުރުކުރުން ތަކުލީފަކަށް ވެފައިވާ ކަމަށާއި ފެށުނު ދަތުރުތަކާއެކު މި ކަމަށް ހައްލު ލިބޭނެ ކަމަށެވެ. ސަލީމް އިތުރަށް ވިދާޅުވީ މި ފެށުނު ދަތުރުތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށާއި ޑިމާންޑަށް ބަލައި ދަތުރުތައް އިތުރުކުރާނެ ކަމަށެވެ. މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފެށުން ފާހަގަކުރުމުގެ ގޮތުން ދިވެހިންނަށް ހާއްސަ ފެއާއެއް ވަނީ ތައާރަފުކޮށްފަ އެވެ. މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓް ފެށެނީ 799 ރުފިޔާއަށެވެ.

މައުޟޫޢުތަށް