ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުންނަށް ފެނުގެ ކޮލިޓީ ޓެސްޓުކުރުމުގެ ތަމްރީނު ޕްރޮގްރާމެއް
އަވަސް
12 ފެބްރުއަރީ 2026 | ބުރާސްފަތި | 6:36
ކ. ހިންމަފުށީ އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި ލެބޯޓްރީ މަސައްކަތްތަކަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފެނުގެ ހިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތައް ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދީ އާންމުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމެވެ. ސްޓެލްކޯ އިން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތަފާތު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ. އެ ގޮތުން ކ. ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހާއްސަކޮށްގެން "ހެލްތް، ސޭފްޓީ އެންޑް ސެކިއުރިޓީ" ތަމްރީނު ޕްރޮގްރާމެއް މި ފަހުން ވަނީ ހިންގާފަ އެވެ.