ކުޑަ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އަވަސް

12 ފެބްރުއަރީ 2026 | ބުރާސްފަތި | 6:52

ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަސްޓާ އަލީ ހަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން ބުނި ގޮތުގައި އަލީ ޙަސަން (44އ) ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ މާޗް 1 ވަނަ ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ. މުޙައްމަދު އިޙްސާން (21އ) ހައްޔަރުކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ މާޗް 6 ވަނަ ދުވަހަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ މި މައްސަލާގައި ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށެވެ.

މައުޟޫޢުތަށް