ގިރާވަރުފަޅު ހިއްކަން ދެވަނަ ޑްރެޖަރެއް

އަވަސް

13 ފެބްރުއަރީ 2026 | ހުކުރު | 8:47

އެއްފަހަރާ 2 ޑްރެޖަރާއެކު ގިރާވަރުފަޅު ހިއްކުން ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ގިރާވަރުފަޅު ހިއްކުން މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ފަހުން މި ސަރުކާރުން ގިރާވަރުފަޅު ހިއްކަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. ގިރާވަރުފަޅު ހިއްކާ ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަ މަހު ހިއްކަން ފެށީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

މައުޟޫޢުތަށް