އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރެއް މެދުއިރުމައްޗަށް ފޮނުވަނީ
އަވަސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 7:33
މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރެއް ވަރަށް އަވަހަށް މެދުއިރުމައްޗަށް ފޮނުއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ އަދި ބެލެސްޓިކް ޕްރޮގްރާމާ ގުޅޭ ގޮތުން އޮމާންގައި މިދިޔަ ހަފުތާގައި ކުރިއަށްދިޔަ ނުދީސާ މަޝްވަރާތަކަށްފަހު މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" ކެރީބިއަން ސަރަޙައްދު ދޫކޮށް "ވަރަށް އަވަހަށް" މެދުއިރުމައްޗަށް ދަތުރު ފަށާނެ ކަމަށެވެ. "ބޭނުންވެއްޖެ ހިނދެއްގައި ވަރުގަދަ ލަޝްކަރެއް ތައްޔާރީ ޙާލަތުގައި އޮންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ. މަޝްވަރާތައް ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއީ އިރާނަށް "ހިތްދަތި ދުވަހަކަށް" ވާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވި އެވެ. އިރާނުގެ ވެރިކަން ބަދަލުވުމަކީ "ވެދާނެ އެންމެ ރަނގަޅު ކަންތައް" ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ. އެމެރިކާ އިން ވަނީ އެ ސަރަހައްދަށް އެގައުމުގެ މަނަވަރު "އެބްރަހަމް ލިންކަން" މަނަވަރާއި، މިސައިލް ހަމަލާ ދޭ މަނަވަރުތަކާއި ފައިޓަ ޖެޓްތަކުގެ އިތުރުން ޖާސޫސީ މަތިންދާބޯޓުތައް އެ ސަރަހައްދަށް ފޮނުވާފަ އެވެ.