ރަޝިއާގެ އެސް-400 މިސައިލް ގަތުމަށް އިންޑިއާގެ ޑީއޭސީއިން ހުއްދަ ދީފި

އަވަސް

14 ފެބްރުއަރީ 2026 | ހޮނިހިރު | 8:04

ރަޝިއާގެ އެސް-400 މިސައިލް ގަތުމަށް އިންޑިއާގެ ޑިފެންސް އެކިއުޒިޝަން ކައުންސިލް (ޑީއޭސީ) އިން ހުއްދަ ދީފި އެވެ.

ޑީއޭސީ އިން ވަނީ އެސް-400 ގެ 288 މިސައިލް ގަތުމަށް ހުއްދަ ދީފަ އެވެ. ފާސްޓް ޓްރެކް ޕްރޮސީޖާގެ ދަށުން ކުރިއަށްގެންދާ މި އެއްބަސްވުމުގެ ދަށުން ކުރު ރާސްތާގެ 120 މިސައިލާއި ދުރުރާސްތާގެ 168 މިސައިލް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި އަހަރުގެ ޖޫން އަދި ނޮވެމްބަރު މަހު އިތުރު ދެ އެސް-400 ސިސްޓަމް އިންޑިއާއަށް ލިބޭނެ އެވެ. މި މިސައިލްތައް ހޯދަނީ ހަތިޔާރގެ ރިޒާވް ފުރިހަމަކޮށް ދުރު އަދި ކުރު ރާސްތާގެ ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަކުރުމަށެވެ.

މައުޟޫޢުތަށް