ރޯދަމަހަށް ވަކި ކަރަންޓު ބިލެއް، ރީޑިން ނެގުން މިމަހު 16 އަދި 17ގައި

އަވަސް

14 ފެބްރުއަރީ 2026 | ހޮނިހިރު | 4:07

ރޯދަ މަހަށް ވަކި ކަރަންޓު ބިލެއް ތައްޔާރުކުރުމަށް މިމަހު 16 އަދި 17ގައި ރީޑިން ނަގަން ނިންމައިފި އެވެ.

ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ސްޓެލްކޯ އިން މިއަދު ބުނީ ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާތީ ރޯދަ މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް މިމަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ. މިކަމުގައި ހުރިހާ ކަސްޓަމަރުން އެއްބާރުލުން ދިނުމަށްވެސް ސްޓެލްކޯ އިން ވަނީ އެދިފަ އެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް