އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް ފަށަނީ

އަވަސް

14 ފެބްރުއަރީ 2026 | ހޮނިހިރު | 4:20

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ ހިދުމަތްތަކެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

"ނޭޝަނަލް ސެންޓަ ފޮ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ގެ ހިދުމަތްތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އިބްރާހިމް އަބްދުއްރައްޒާގު ވިދާޅުވީ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މި އަހަރު އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. "މީގެ ތެރޭގައި ދެވަނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ގާއިމްކުރުމާއި ޓެމްޕަސް ސިސްޓަމް މެދުވެރިކޮށް ލޭގެ ސާމްޕަލްތައް އުފުލުމުގެ ނިޒާމު ގާއިމްކުރުން ހިމެނޭ،" އަބްދުއްރައްޒާގު ވިދާޅުވި އެވެ. މީގެ އިތުރުން އައިޖީއެމްއެޗުގެ ވޯޑުތައް ބަލި މީހުންނަށް އެކަށޭނަ ގޮތަށް އަލުން ފަރުމާކުރުމާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ކެތު ލެބް ގާއިމްކުރުމާއި އިންޓެންސިވް ކެއާ ޔުނިޓުގެ ޚިދުމަތް ހަރުދަނާކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަބްދުއްރައްޒާގު ވިދާޅުވީ ކާޑިއޯ ތޮރޭސިކް އެންޑް ވަސްކިއުލާ ސާޖަރީ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި، ގެސްޓްރޯ އީއާރްސީޕީގެ ހިދުމަތުގެ އިތުރުން ޖެނެރަލް ރޮބޮޓިކް ސާޖަރީ ފަދަ ޒަމާނީ ހިދުމަތްތައްވެސް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މައުޟޫޢުތަށް