ފިއްލަދޫގެ މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަވަސް

14 ފެބްރުއަރީ 2026 | ހޮނިހިރު | 4:36

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި މަޝްރޫއުގައި ފިއްލަދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެ އެވެ. މިއީ 77.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މައުޟޫޢުތަށް