36 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
އަވަސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 8:30
ރާއްޖެ އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަނޑުމަގުން އެތެރެކުރަން އުޅުނު މި ތަކެތި ކަސްޓަމްސް އިން އަތުލައިގަތީ މިމަހުގެ 12 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުންނެވެ. ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށްވުރެ އިތުރު ކަމަށްވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލެވުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.