ނަވަލްނީ އަވަހާރަކޮށްލީ ބޮކެއްގެ ވިހައިން
އަވަސް
14 ފެބްރުއަރީ 2026 | ހޮނިހިރު | 9:24
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަވަހާރަކޮށްލީ ބޮކެއްގެ ވިހައިން ކަމަށް އިނގިރޭސިވިލާތާއި ވިލާތުގެ ގައުމުތަކުން ހާމަކޮށްފި އެވެ.
ސައިބީރިއާގެ ޖަލެއްގައި ނަވަލްނީ އަވަހާރަވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަވަލްނީގެ ހަށިގަނޑުން ފެނުނު ސާމްޕަލްތަކުގެ ދިރާސާއަށްފަހު އޭނާގެ މަރުގެ ޒިންމާ ރަޝިއާގެ ސަރުކާރަށް ވަނީ އަމާޒުކޮށްފަ އެވެ. އޭނާގެ ހަށިގަނޑުން ފެނުނު ވިހަ މާއްދާއަކީ އިއްތިފާގަކުން ފެނިދާނެ އެއްޗެއް ނޫން ކަމަށްވެސް ވަނީ ބުނެފަ އެވެ. އަދި ޖަލެއްގައި ނަވަލްނީ ހުންނަވަނިކޮށް މިފަދަ ނުރައްކާތެރި ވިހައެއް ބޭނުންކުރުމުގެ ފުރުސަތާއި ބާރު އޮތީ ހަމައެކަނި ރަޝިޔާ ސަރުކާރަށް ކަމަށްވެސް ބުނެފައިވެ އެވެ. ނަވަލްނީގެ ހަށިގަނޑުން ފެނުނީ "އެޕިބަޓިޑިން" އަކީ ދެކުނު އެމެރިކާގެ ޖަންގަލިތަކުގައި އުޅޭ "ޑާޓް ފްރޮގް" ކިޔާ ބޮކުން ގުދުރަތީ ގޮތުން އުފެދޭ އެއްޗެކެވެ. ނަމަވެސް ބަންދުކޮށްގެން ގެންގުޅޭ މި ބާވަތުގެ ބޮކުން މި ވިހަ ނުއުފެދޭއިރު، ރަޝިޔާގެ ޤުދުރަތީ މާހައުލުން މި މާއްދާ ނުފެންނާނެ ކަމަށްވެސް މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.