އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ
އަވަސް
15 ފެބްރުއަރީ 2026 | އާދިއްތަ | 9:00
ސިނަމާލެ ބްރިޖާއި އެއާޕޯޓް މެއިން ރޯޑް ގުޅޭ ޖަންގްޝަންގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ކުރީ ރޭ 11:15 ހާއިރު އެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ކާރަކާއި ހުޅުމާލެ އިން އެއާޕޯޓަށް ދާން އޮންނަ މަގަށް އެޅި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ.